29 Aug 2016, 08:59
ވިއްސާރަވުމާ އެކު މާލެއާއި އަދި އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ މަގުމައްޗަށް ނުކުތުމެވެ. ކުޑައެއްގެ އެހީގައި ވެހޭ ވާރެއިން ސަލާމަތްވި ނަމަވެސް މަގުގައި ފެންބޮޑުވުން ފެންގަނޑުން ސަލާމަތްވުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެ އެވެ. އެކަމަށް މިހާރު ހައްލެއް އެބައޮތެވެ.
ރާއްޖެ އެތެރެކޮށް މިހާރު ވިއްކަމުން އަންނަ "އޯވާ ޝޫޒް" އާ އެކު އެކަމަށް ހައްލުލިބެ އެވެ. ބޫޓަށް ނުވަތަ ފައިވާނަށް ލައްވާ އުރައެއްހެން ހަދާފައިވާ އެބޫޓާ އެކު ފައިވާން ނުވަތަ ބޫޓަށް ފެންނުވަދެ ސަލާމަތްވެ އެވެ.
ރަބަރު އުރައެއް ގޮތަށް ހަދާފައިވާ އެ ބޫޓަށް އަރައިގެން، ނުވަތަ ފައިވާން މަތިން ލެއްވުމަށް ފަހު ފެންގަނޑު ތެރެއިން ހިނގި ނަމަވެސް ބޫޓަށް ނުވަތަ ފައިވާނަށް ފެނުގެ އަސަރެއް ނުކުރެ އެވެ.

ބައެއް ފަރާތްތަކުން މިހާރު ދަނީ އެތަކެތި މާލެގެނެސް ވިއްކަމުންނެވެ.
އެހެންކަމުން ވާރެއާ ތެމި ފޯވެގެން އޮފީހަށް ނުވަތަ ސުކޫލުތަކަށް ގޮސް ބޫޓުން ނުބައިވަސް ދުވާތީ އުޅޭ ފަރާތްތަކަށް މިވާނީ އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފަ އެވެ. މިއީ މި މޫސުމަށް ރާއްޖެއަށް ވަރަށްވެސް މުހިންމު އެއްޗެކެވެ.