މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ދޭއްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ށ. މިލަންދޫގެ މައްޗަށް ނ. ލަންދޫ ކުރި ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި މިލަންދޫގެ މައްޗަށް ލަންދޫން ކުރި ހޯދާފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ދެ ހާފުގައި ވެސް މިލަންދޫން ލަނޑެއް ކާމިޔާބުކޮށްފައިވެ އެވެ. އެ މެޗުގެ 31 ވަނަ މިނެޓުގައި ހުސައިން ޖަވާދު ލަންދޫ އަށް ލީޑު ހޯދައިދިން އިރު، މެޗުގެ 78 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު ސަމާހު އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ޒޯން ދޭއްގައި ވާދަކުރަނީ ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫ އާއި ނ. އަތޮޅުގެ ޗެމްޕިއަން ލަންދޫ އެވެ. އެ ޒޯންގެ ޗެމްޕިއަންކަން ލިބޭނީ ދެ ލެގު ކުޅެ، އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށެވެ.

ޒޯން ދޭއްގެ ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނ. ލަންދޫގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.