27 Aug 2016, 09:44
މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު ޖޯ ހާޓް އަށް އެހެން ކްލަބެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެ ކްލަބުން ދީފިއެވެ.
ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުމާއެކު ކުރިން އެ ކްލަބުގެ އެއް ނަންބަރު ގޯލްކީޕަރުގެ ގޮތުގައި ހުރި ހާޓް މިހާރު ވެފައި ވަނީ ތިން ވަނަ ގޯލްކީޕަރަށެވެ. އެއީ ސިޓީއާ އަލަށް ގުޅުނު ކްލައުޑިއޯ ބްރާވޯ އާއި ވިލީ ކަބަލެރޯ އަށް ފަހު ހުންނަ ކީޕަރެއްގެ ގޮތުގައެވެ.
އެވަޓަން އިން އިނގިރޭސި އެއް ނަންބަރު ގޯލްކީޕަރު ގެންދިއުމަށް ބޭނުންނުވުމާ އެކު އިތުރު އެހެން ކްލަބެއް ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ސިޓީގެ ޑިރެކްޓަރ އޮފް ފުޓްބޯލް ޓިކްސީ ބެގިރިސްޓެއިން ބުނެއެވެ.
"އަހަރެމެން ހުރިހާ އެންމެންނަށް ވެސް ރަނގަޅު ހައްލެއް ހޯދައިދޭނަން. އަހަރެމެންނަށް އޮތީ ބާކީ އެއް ހަފްތާ. އަދި އަހަރެމެން އޭނާ އުފަލުގައި ބަހައްޓައިދޭން ޖެހޭނެ. އޭނާ އަށް ދާއިމީ ގޮތެއްގައި ކުޅެވޭނެ ކްލަބެއް އަހަރެމެން ހޯދައިދޭނަން،" ބެގިރިސްޓެއިން ބުންޏެވެ.
އުމުރުން 29 އަހަރުގެ ހާޓް އަކީ 2006 ވަނަ އަހަރުން ފެށިގެން ސިޓީގެ ގޯލް ބަލަހައްޓަމުންދާ ގޯލްކީޕަރެކެވެ.