26 Aug 2016, 21:01
މުސްލިމް ސުވިމްވެއާ ނުވަތަ ބާކިނީ ލައިގެން މޫދަށް ދިއުން ފްރާންސުގެ ބައެއް ސިޓީތަކުން މަނާކުރި ގަވާއިދު ވަގުތީ ގޮތުން އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން ބާތިލްކޮށްފި އެވެ.
ކޯޓުން ނެރުނު ބަޔާނުގައި ބުނީ، އެއީ ސީރިއަސް އަދި ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެއީ މިނިވަންކަމުގެ މުހިންމު އުސޫލުތަކެއް ނިގުޅައި ގަނެވޭ ފަދަ ގާނޫނެކެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފްރާންސްގެ ގާނޫނީ ސިސްޓަމުގައިވާ ގޮތުން، ކޯޓުގެ މަރުހަލާ އިން ނިންމުންތައް ނިންމުމަށް ވަގުތީ ހުކުމް ނެރެވޭ ގޮތަށް އޮވެ އެވެ.
ފްރާންސްގެ ކޭން އާއި ކައިރީގައިވާ ބައެއް އަވަށްތަކުގައި މި މަސް ނިމެންދެން ބާކިނީ މަނާކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ. އެ ގަވާއިދުގެ ދަށުން އެ މުއްދަތު ތެރޭގައި ބާކިނީ ލައިގެން އުޅޭ މީހަކު 42 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ގަވާއިދެއް އެކުލަވާފައިވެ އެވެ.