26 Aug 2016, 07:37
ގެމަނަފުށީ ސްޕޯޓްސް ކުލަބް (ޖީއެސްސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ތިންވަނަ އެކްސްއެކްސްއެލް ޖީއެސްސީ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ބާއްވައިފިއެވެ.
ގެމަނަފުށީ ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވާ ފުޓްސެލް ޗެލެންޖްގެ މިއަހަރުގެ މުބާރާތުގައި 10 ޓީމް ވާދަކުރަަން ހަމަޖެހިފައިވާއިރު ޓީމްތައް ވަނީ ތިން ގުރޫޕަކަށް ބަހާލައިފައެވެ.
ގެމަނަފުށީ ސްޕޯޓްސް ކުލަބް (ޖީއެސްސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ތިންވަނަ އެކްސްއެކްސްއެލް ޖީއެސްސީ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
ގުރު ނެގުމަށް ރޭ އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ގުރޫޕް އޭ ގެ ޓީމުތަކުގައި ހިމެނެނީ، ތާއި މާއި އެފްސީ، ޝީޝާ ޖޫނިއާސް، ދިޔަދުއާ ޔުނައިޓެޑް އަދި އެންއެސް ރޯމާ އެވެ.
ގްރޫޕް ބީ ގައި ހިމެނެނީ ގެމަސިޓީ އެފްސީ، އެފްސީ ބައްތިރީސް ބޯއީސް އަދި އެފްސީ ގެމިއުނިޗް އެވެ.
ގެމަނަފުށީ ސްޕޯޓްސް ކުލަބް (ޖީއެސްސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ތިންވަނަ އެކްސްއެކްސްއެލް ޖީއެސްސީ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒް މޫސާ
ގުރޫޕް ސީ ގައި ހިމެނެނީ އެންމެފަހުގެ ޗެންޕިއަން ސްޕޯޓްސް ކުލަބު ބަފަނާ، ރިއަލް އެފްސީ އަދި ހޭންޑްސަމް ޔުނައިޓެޑެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގެ ކުޅުން ގެމަނަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި ރަށުން ބޭރުގެ ދެ ޓީމެއް ވެސް ވަނީ ބައިވެރިވެފައެވެ. އަދި އެ ކުލަބުން މިހާތަނަށް ބާއްވާފައިވާ ދެ މުބާރާތުގެ ތަށި ގެންގޮސްފައިވަނީ ވެސް ރަށުން ބޭރު ޓީމްތަކުންނެވެ.