25 Aug 2016, 16:51
މިހާތަނަށް ދުނިޔެއާ އެންމެ ކައިރިން ފެނުނު، އަދި ދުނިޔެއާ އެންމެ އެއްގޮތް ޕްލެނެޓުގައި ދިރުން ހުރުން އެކަށީގެންވާ ކަމަށް ސައިންސުވެރިން ބުނެފިއެވެ.
ޕްރޮކްޒިމާ ތްރީގެ ނަން ދީފައިވާ އެ ޕްލެނެޓަކީ މިދުނިޔެ އޮންނަ ސޯލާ ސިސްޓަމާ އެއްމެ ކައިރީގައިވާ ތަރި ކަމަށްވާ ޕްރޮކްޒިމާ ސެންޓޯރީގެ ވަށައިގެން ބުރު ޖަހަމުންދާ ޕްލެނެޓެކެވެ. އެހެންކަމުން، ދުނިޔެއާ ހަތަރު ލައިޓްއިޔާސްގެ ދުރުމިނުގައިވާ ޕްރޮކްޒިމާ ބީ އަކީ އެންމެ ފަސޭހައިން ދިރާސާ ކުރެވެން އޮތް ދުނިޔެއާ އެއްގޮތް އަދި ދިރުން ހުރުން އެކަށީގެންވާ ޕްލެނެޓް ކަމަށް ސައިންސުވެރިން ބުންޏެވެ.
ސައިންސުވެރިން އުއްމީދު ކުރަނީ އެ ޕްލެނެޓު އިތުރަށް ދިރާސާ ކުރުމުށާއި އިންސާނުންނަށް ޕްލެނެޓުގައި ދިރިއުޅެވޭތޯ ބަލަން، ރޮބޯޓިކް ޕްރޯބްތަކާއެކު އެ ޕްލެނެޓަށް ޖައްވީ އުޅަނދުތައް ކައިރި މުސްތަގުބަލެއްގައި ފޮނުވޭނެ ކަމަށެވެ.
ސައިންސުވެރިން ބުނާ ގޮތުގައި ޕްރޮކްޒިމާ 3، އޭގެ އިރު ވަށައިގެން އެއް ބުރު ޖަހަން ނަގަނީ 11.2 ދުވަހެވެ. ނަމަވެސް އެ އިރަކީ އަލިކަން ދަށް އިރެއް ކަމުން، ޕްރޮކްޒިމާ 3 ދައުރު ވަމުން ދަނީ އެ ޕްލެނެޓުގައި ދިރުމާއި ފެން ހުރުމަށް އެކަށީގެންވާ ދުރުމިނަކުން ކަމަށް ސައިންސުވެރިން ބުނެއެވެ.
ޕްރޮކްޒިމާ 3 ދިރާސާކޮށްފައިވާ ފަރާތްތަކުން ވަނީ އެއީ އެންމެ މުހިއްމު ސައިންޓިފިކް ދިރާސާތަކުގެ ތެރޭގައި ހިމެނޭނެ ދިރާސާއެއް ކަމަށް ބުނެފައެވެ.