25 Aug 2016, 09:19
ކާބުލް (އޮގަސްޓް 25): އަފްގާނިސްތާނުގެ ކާބުލްގައި ހުންނަ އެމެރިކަން ޔުނިވާސިޓީ އޮފް އަފްގާނިސްތާނަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު އިއްޔެ ވަދެ ހަމަލާދީ، 13 މީހަކު މަރާލައިފި އެވެ.
ޔުނިވާސިޓީއަށް ހަމަލާ ދިން މީހުންނާއި ސަލާމަތީ ފައުޖުތަކާ ދެމެދު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި ހަމަލާ ދިން ދެ މީހަކު މަރުވި އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ތިން ފުލުހުންނާއި ޔުނިވާސިޓީގެ ތިން ގާޑުންނާއި ހަތް ދަރިވަރުން ހިމެނޭ ކަމަށް ކާބުލްގެ ޕޮލިސް ޗީފް، އަބްދުއް ރަހްމާން ރަހީމީ ވިދާޅުވި އެވެ.
މީގެ އިތުރުން، 35 ދަރިވަރުންނާއި ނުވަ ފުލުހަކަށް އަނިޔާވި ކަމަށާއި، ހަމަލާތައް ކުރިއަށް ދިޔަ ވަގުތު ޔުނިވާސިޓީ ތެރޭގައި 'ހައްޔަރުވެފައި' ތިބި 750 ދަރިވަރުންނާއި މުވައްޒަފުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް އަބްދުއް ރަހްމާން ވިދާޅުވި އެވެ.
ކާބުލްގެ އެމެރިކަން ޔުނިވާސިޓީއަށް އެ ހަމަލާ ދީފައި ވަނީ ހަތިޔާރު އަޅައިގެން ތިބި ބަޔަކު އެޔުނިވާސިޓީގެ ދެޕްރޮފެސަރަކު ވަގަށް ނެގިތާ ދެ ހަފްތާ ފަހުންނެވެ. ވަގަށް ނަގާފައިވާ އެމެރިކާގެ ޕްރޮފެސަރާއި އޮސްޓްރޭލިއާގެ ޕްރޮފެސަރަށް ވީގޮތެއް އަދި ވެސް ނޭނގެ އެވެ. (ބީބީސީ)