31 May 2011, 12:10
އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އާންމުކޮށް ހިއްސާ ވިއްކަން ނިންމައިފި އެވެ.
ހިއްސާގެ ބާޒާރު ރެގިއުލޭޓް ކުރާ ބޯޑް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިއަދު ބުނީ މި އަހަރު ތެރޭގައި ހިއްސާ ވިއްކުމަށް ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓަށް އެދެ ކުންފުނީގެ ނަން އިތުރުކޮށް އާންމުކޮށް ހިއްސާ ވިއްކުމަށް ކުރަން ޖެހޭ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ނަމަވެސް އެ ކުންފުނިތަކުން ހިއްސާ ވިއްކުމަށް ކުރާ މަސަކަތްތަކާ ގުޅޭ މައުލޫމާތުތަކެއް ސީއެމްޑީގެ ބަޔާނުގައި ހިއްސާ ކޮއްފައެއްނުވެ އެވެ.
މި އަހަރުގެ ތެރޭގައި ހިއްސާ ވިއްކާނެ ކަން އިއުލާން ކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ދިރާގާއި އިންޝުއަރެންސް ކުންފުންޏެއް ކަމައްވާ އަމާނާ ތަކާފުލް މޯލްޑިވްސް ހިމެނެ އެވެ. މިހާތަނަށް ހިއްސާގެ ބަޔާން ސީއެމްޑީއޭ އަށް ހުށަހަޅައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)ގައި ރަޖިސްޓްރީވެފައި ވަނީ އަމާނާ ތަކަފުލް އިން އެކަންޏެވެ. އަދި މިހާތަނަށް އެހެން އެއްވެސް ކުންފުންޏަކުން ހިއްސާ ވިއްކުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މީޑިޔާ އާ ހިއްސާކޮށްފައެއް ނުވެ އެވެ.