ބަރުދަނުގެ ގޮތުން އެންމެ ބޮޑުވާ ބާވަތުގެ ހަރުފައެއްގެ ހަށިގަނޑު ތެރެއިން އެއް ކިލޯގެ ޓިއުމަރެއް ނަގައިފި އެވެ.

ތައިލޭންޑުގައި ހުންނަ ޖަނަވާރަށް ފަރުވާދޭ ކުލިނިކެއް ކަމަށްވާ ކުލޮންގްލުއަންގް އެނިމަލް ހޮސްޕިޓަލަށް 10 އަހަރުގެ، 52 ކިލޯ ހުރި އެނަކޮންޑާއެއް ގެންގޮސްފައި ވަނީ އަމިއްލަ ފަރާތަކުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ހަރުފައިގެ ހިތުގެ ކައިރީގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ހަތް ގަޑިއިރު ހޭދަވި -- ފޮޓޯ: ހޮސްޕިޓަލް

އެހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ތަވީސަކު އަނަންސިރިވައްޓާނާ ވިދާޅުވީ ޓިއުމަރު އުފެދިފައި ވަނީ ހަރުފައިގެ ހިތް ކައިރީގައި ކަމަށެވެ. އަދި ހޭނައްތާ ބޭސް ދިނުމަށް ފަހު ޓިއުމަރު ނެގުމަށް ހަތް ގަޑި އިރުގެ އޮޕަރޭޝަނެއް ކުރި ކަމަށެވެ. އަދި ލޭނާރުތަކާ މާކައިރީގައި އުފެދިފައިވާ ޓިއުމަރުގެ ބައިތައް ފިޔަވާ ޓިއުމަރުގެ ބޮޑުބައި މިހާރު ނަގާފައިވާ ޑޮކްޓަރު ވިދާޅުވި އެވެ.

އަދި އެއެނަކޮންޑާގައިގައި ކެންސަރު ހުރިތޯ ބެލުމަށް، ޓެސްޓުތައް ހެދުމަށް ޓިޝޫ ސާމްޕަލްތައް މިހާރު ވަނީ ފޮނުވާފަ އެވެ.

އޮޕަރޭޝަނަން ފަހު ހަރުފައިގެ ހާލު މިހާރު ރަނގަޅު -- ފޮޓޯ: ހޮސްޕިޓަލް

އޮޕަރޭޝަނަން ފަހު ހަރުފައިގެ ހާލު މިހާރު ރަނގަޅު ކަމަށާއި ނަމަވެސް ކެންސަރު ހުރިކަން ޔަގީންވެއްޖެ ނަމަ އެއަށް ކީމޯތެރަޕީ ދޭން ޖެހޭނެ އެވެ. (ބީބީސީ)