24 Aug 2016, 09:14
ރޯމް(އޮގަސްޓް 24): އިޓަލީގެ މެދުތެރެއަށް 6.2 މެގްނިޓިއުޑުގެ ބާރުމިނުގައި މިއަދު ބިންހެލުމެއް އަތުވެއްޖެއެވެ.
ޔޫއެސް މީޓިއޮރޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި ބިންހެލުން އައިސްފައި ވަނީ ޕެރޫޖިއާ ސިޓީގެ 76 ކިލޯމީޓަރު އިރުދެކުނުން އަދި 10 ކިލޯމީޓަރު އަޑިންނެވެ.
އިޓަލީގެ އެމަޓްރިސްގެ މޭޔަރު ވަނީ ބިންހެލުމުގެ ސަބަބުން އެރަށަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
"ރަށަށް ދާ މަގުތަކާއި ނިކުންނަ މަގުތައް ވަނީ ބަންދުވެފަ. ރަށުގެ އެއްބައި ވަނީ އެއްކޮށް ހަލާކުވެފަ. އިމާރާތްތަކުގެ ދަށުގައި މީހުން އެބަތިބި،" ދައުލަތުގެ މީޑިއާއަށް މޭޔަރު ސާޖިއޯ ޕެރޯޒީ މައުލޫމާތު ދެއްވިއެވެ.
އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އެއީ ގެއްލުން ބޮޑު ބިންހެލުމެއް ކަމަށް ބުނެފައެވެ. އެއޭޖެންސީން މިހާރު ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. (ބީބީސީ)