31 May 2011, 11:54
ޔަމަނުގެ ރައީސް އަލީ އަބުދުﷲ ސޯލިހު ވެރިކަން ދޫކޮށްލެއްވުމަށް ގަލްފު ކޯޕަރޭޝަން ކައުންސިލުން ހުށައަޅާފައިވާ ކަންތައްތަކަށް އެއްބަސްވެވަޑައިގެން އެކަންތައްތަކަށް އަމަލު ކުރެއްވުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަހުމަދު ނަސީމު ގޮވާލައްވައިފި އެވެ.
ހާރިޖީ ވަޒީރު އެކަމަށް ގޮވާލައްވާފައި ވަނީ ޔަމަނުގެ ރައީސަށް ފޮނުއްވި މެސެޖެއްގަ އެވެ.
ހާރިޖީ ވުޒާރާގެ ވެބްސައިޓްގައި އިއްޔެ އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ޔަމަނުގެ ރައީސް އަލީ އަބުފުﷲ ސޯލިހު ވެރިކަމުން ފައިބާ ވަޑައިގަތުމަށް ޓަކައި ޖީސީސީން އެކުލަވާލާފައިވާ ތާވަލާ އެއްގޮތަށް އޭނާ އަމަލުނުކުރެއްވުމާ ގުޅިގެން، އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގުމާއި ހަމަނުޖެހުންތައް ޔަމަނުގައި ފުޅާވަމުން އަންނަ ކަން ހާރިޖީ ވަޒީރު އަހުމަދު ނަސީމު ޔަމަނުގެ ރައީސްއަށް ފޮނުއްވި މެސެޖްގައި ފާހަގަކޮށްފައިވެ އެވެ.
ޔަމަނުގައި މިހާރު ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު ކަންތައްތަކުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކީ އެ ގައުމުގެ ރައީސް އަލީ އަބުދުﷲ ސޯލިހު ކަމަށާއި ޖީސީސީން އެކުލަވާފައިވާ އެއްބަސްވުމުގައި ސޮއިކުރައްވައި ވެރިކަމުން ފައިވާ ވަޑައިގަތުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ވަނީ ޔަމަނުގެ ރައީސަށް ގޮވާލައްވާފަ އެވެ.