ކުރިއަށް އޮތް 2017 ވަނަ އަހަރަކީ ބޮލީވުޑްގެ ރަސްގެފާނުގެ ސަޕޯޓަރުންނަށް އުފާވެރި އަހަރަކަށް ވާނެއެވެ. މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޝާހުގެ ދެ ފިލްމެއް އަންނަ އަހަރު ރިލީޒް ވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު މިވަނީ އަންނަ އަހަރު އޭނާގެ ތިން ފިލްމެއް ސްކްރީނަށް އަންނާނެ ކަމަށް ބެލެވެން ފަށައިފައެވެ.

ޝާހުގެ ފިލްމު "ރައީސް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

ޝާހު މިހާރު މަސައްކަތް ކުރަމުން އަންނަނީ އިމްތިއާޒް އަލީގެ "ދަ ރިންގް" ގެ ޝޫޓިން ނިންމާލުމަށެވެ. ހަބަރުތައް ބުނާ ގޮތުން އަންނަ އަހަރުގެ މެދުތެރޭގައި ފިލްމު ސްކްރީނަށް އަންނާނެއެވެ. އެ ފިލްމުގައި ޝާހު އާއެކު ދެން ހަރަކާތްތެރި ވާނީ އަނުޝްކާ ޝަރުމާއެވެ.

އިމްތިޔާޒްގެ ފިލްމުގެ މަސައްކަތް ނިންމާލުމަށް ފަހު އާނަންދު އެލް ރާއިގެ ކުރިއަށް އޮތް ފިލްމުގައި ވެސް ޝާހު ފެނިގެންދާނެއެވެ. އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހު ނުވަތަ ދިވާލީ އާ ގުޅުވައިގެންނެވެ.