މިހާރު އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ފަންނާނަކީ ހަމަގައިމު ވެސް ބޮލީވުޑްގެ "ބޭބޯ" ކަރީނާ ކަޕޫރެވެ. ކަރީނާގެ ފުރަތަމަ ދަރިފުޅަށް އޭނާ ބަލިވެ އިންކަން އެނގުމާ އެކު، މީޑިއާ ތަކުން ވެސް އޭނާއަށް ދޭ ސަމާލުކަން ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

ކުދިން ލިބުމާ އެކު ފިލްމީ ދާއިރާއިން ދުރަށް ދިޔަ ބޮލީވުޑްގެ ފަންނާނުން ވެސް އެބަ ތިއްބެވެ. އެހެންކަމުން ގިނަ ބަޔަކު މިހާރު އަންނަނީ ކަރީނާ އެކަމާ ދޭތެރޭ ދެކޭގޮތް ބެލުމަށް ސުވާލު ކުރަމުންނެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކަރީނާ ބުނީ ބަނޑުބޮޑުވުމަށް ފަހު އަންހެނުންނަށް މަސައްކަތް ނުކުރެވޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ކަރީނާ ބުނީ މަސައްކަތް ކުރި ނަމަވެސް، އޭނާ އެކަށީގެންވާ ވަރަށް އަރާމު ކުރަމުން އަންނަ ކަމަށެވެ.

"އަހަރެން ކުރާ މަސައްކަތް ދެކެ ވަރަށް ލޯބިވޭ. އަހަރެން އަބަދުވެސް ވާން ބޭނުންވީ އެކްޓަރަކަށް. އެހެންވީމަ އުމުުރުން 80 އަށް އަރަންދެން ވެސް ހަމަ އެކްޓު ކުރުމާއިގެން ކުރިއަށް ދާނަން،" އުމުުރުން 35 އަހަރުގެ ކަރީނާ ބުނެފައިވެއެވެ.

ކަރީނާ ދެން ފެނިގެން ދާނީ ރިއާ ކަޕޫރު އަދި ބަލާޖީގެ ހެޑް އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ "ވީރޭ ދީ ވެޑިންގް" އިންނެވެ. ކަރީނާ ވިހެއުމުގެ ކުރިން ފިލްމުގެ މަސައްކަތް ނިންމާނެ ކަމަށް ހަބަރުތައް ބުނެއެވެ.