ހާޑްވެއާ ވިޔަފާރީގައި މަޝްހޫރު ސޮނީ ހާޑްވެއާއިން ރާއްޖޭގެ ބާޒާރަށް އާ ޕްރޮޑަކްޓްތަކެއް ތައާރަފްކޮށްފި އެވެ .

ދަރުބާރުގޭގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް އެގްޒިބިޝަންގައި އެ ކުންފުނިން ތައާރަފްކުރި ޕްރޮޑަކްޓް ތަކުގެ ބްރޭންޑްތަކަކީ ދުނިޔޭގެ ފެންވަރުގެ އެވޯޑްތައް ވެސް ހޯދާފައިވާ މަގުބޫލު އަދި ކޮލިޓީ ރަނގަޅު ބްރޭންޑް ތަކެކެވެ.

ކޮރޭލް ބްރޭންޑްގެ ތަށި ސެޓެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެ އިތުރުން މުޅިން އަލަށް ތައާރަފްކޮށްފައިވާ ބްރޭންޑްތަކުގެ ތެރޭގައި ޑޯމާ ޑޯ ކޮންޓްރޯލްސް، ޖޯސޮފް ކިޗަން ވެއާ، ނޯމަން ކޯޕަން ހޭގަން ބަދިގެ އަދި ގޭތެރޭގައި ބޭނުން ކުރާ ސާމާނު ހިމެނެ އެވެ. އަދި ހާއްސަކޮށް އެމެރިކާގައި އުފައްދާފައިވާ މަޝްހޫރު ކޮރޭލް ބްރޭންޑް ބަދިގެ ތަށިފަދަ ތަކެތި ހިމެނެ އެވެ.

  • ކޮރޭލް ބްރޭންޑްގެ ތަށި

އެމެރިކާގެ ކޮރޭލް ބްރޭންޑުގެ ތައްޓަކީ އާންމުކޮށް ބަދިގޭގައި ކެއުމަށް ބޭނުންކުރާ ތަށިތަކާ އަޅާ ބަލާއިރު ކޮލިޓީގެ ގޮތުން ވަރުގަދަ ތަށިތަކެކެވެ. ބިއްލޫރި ބޭނުންކޮށްގެން އުފައްދާފައިވާ އެ ތަށި ގާތްގަނޑަކަށް 20 ފޫޓު މަތިން ހަރުތަނެއް މައްޗަށް ވެއްޓުނަށް ތަޅައިގެން ނުދެ އެވެ. އެކަމުގެ ޑެމޯއެއް ބަލާލަން ބޭނުން ނަމަ ދަރުބާރުގޭގައި ކުރިއަށްދާ އެފްއެޗްއޭމް އެގްޒިބިޝަނުގައި ސޮނީ ހާޑްވެއާގެ ސްޓޯލަށް ޒިޔާރަތްކޮށްލައްވާށެވެ.

ކޮރޭލް ބްރޭންޑްގެ ތައްޓެއް ވައްޓާލަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

  • ކެޕެރޯލް އެއާ ޕިއުރިފައިން ކުލަ

އާންމުކޮށް ކޮޓަރިއަށް ވައްދާ ފަރުނީޗަރުތައް ފަދަ ތަކެތިން ގާތްގަނޑަކަށް މަހެއް ވަންދެން "އާވަސް" ދުވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ބައެއް މީހުންނަށް އެއީ ވަރަށް އުނދަގޫވާ ކަމެކެވެ. ހަމަ އެފަދައިން ފާރުގައި ހާކާ ކުލައިން ވެސް އެ މައްސަލަ ނިކުމެ އެވެ. ފަރުނީޗަރުތަކުގެ ވަސް އަދި ކުލައިގެ ވަސް ނުދުވަން ބޭނުން ނަމަ މި ކުލަ ފާރުތަކުގައި ލާށެވެ. މިއީ ކޮޓަރީގެ އެޓްމޯސްފިއާގައި ހުންނަ ބޭކާރު ވަސްތައް ނައްތާދިނުމުގައި އެހީވެދޭނެ ކުލައެކެވެ.

އެފްއެޗްއޭއެމް އެގްޒިބިޝަންގައި ކެޕެރޯލް އެއާ ޕިއުރިފައިން ކުލަ އިޝްތިހާރު ކުރަން ބަހައްޓާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

  • ޖޮސިއަން ޖޯސެފް ބްރޭންޑްގެ ބަދިގެ ސާމާނު

ތެލަށް ލާފައި ނަގާއެއްޗެއް ބާއްވަން މި ޖެހެނީ ކޮންމެވެސް ކަރުދާސްގަނޑެއް ނުވަތަ ތުވާލިގަނޑެއް މަތީގަ އެވެ. ކަޓިން ބޯޑުގައި އެއްޗެހި ކޮށުމަށްފަހު ތައްޓަށް އަޅަން އުޅެނިކޮށް އެއްބައި އޮންނާނީ ބޭރަށް ގޮސްފަ އެވެ. ނަމަވެސް އެފަދަ ކުދި ކުދި އެހެން ނަމަވެސް އުނދަގޫވާ މައްސަލަތަކަށް މި ބްރޭންޑުން މިވަނީ ހައްލު ހޯދައިދީފަ އެވެ. ތެލަށް ލާފައި ނަގާއެއްޗެއް ބޭއްވުމުން އެ ބާއްވާ ތަނުގައި ތެލުގަނޑަށް ދާބައެއް ނުޖެހޭނެ އެވެ. ފިޔާ މިރުސް ކޮށާލުމަށް ފަހު ކަޓިންބޯޑުގެ ދެފަޅިން ފައްކޮށްލާފައި ތައްޓަށް ފަސޭހަކަމާ އެކު އަޅާލަންވީ އެވެ.

ޖޮސިއަން ޖޯސެފް ބްރޭންޑްގެ ބަދިގެ ސާމާނު ތަކެއް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ބްރޭންޑްގެ ތެރޭގައި ތަފާތު ވަޅި އަދި އެހެނިހެން ވެސް ބަދިގޭގައި ބޭނުންކުރާ ތަފާތު ސާމާނުތައް ހިމެނެ އެވެ. އަދި ގޭތެރެ ސާފުކުރަން ބޭނުންކުރާ މޮޕްފަދަ ތަކެއްޗަކީ ވެސް ބޭނުންކޮށްލަން ފަސޭހަ ތަކެއްޗެވެ. އަތުން މޮޕް އަނބުރަން އުޅޭކަން ނުޖެހޭނެ އެވެ. ޖައްސާފައި ދަނޑިގަނޑުގެ ކޮޅަށް ބާރަށް ފިތާލުމުން މޮޕް އަމިއްލައަށް އެނބުރިގަންނާނެ އެވެ.

ސާޅީސް ހަ އަހަރު ވަންދެން ރާއްޖޭގައި ހާޑްވެއާ ވިޔަފާތި ކުރަމުންދާ ސޮނީ ހާޑުވެއާއިން ވަނީ އާ ވައްތަރެއްގެ ލައިޓްތަކެއް ވެސް ރާއްޖެ ގެނެސްފަ އެވެ. އެލުވާފައި ހުންނަ ނުވަތަ ބަހައްޓާ ގޮތަށް ފަރުމާކޮށްފައިވާ އެ ލައިޓް ތަކަކީ އޭގައި ސޯލާ ޕެނަލެއް ހަރުކޮށްފައިވާ ލައިޓެކެވެ. ސީދާ އިރުގެ އަވި ނުލިބުނަސް ދުވާލުގެ އަލިކަމެއް ހުރެއްޖެނަމަ އެ ލައިޓް ޗާޖްވާނެ އެވެ. ނަރުތަކެއް ގުޅަން އުޅުމުގެ މަސައްކަތް ވެސް ދިޔައީ އެވެ. ގެސްޓްހައުސް އަދި ރިސޯޓްތަކުގައި ބޭނުންކޮށްލަން މިއީ ވެސް ފައްކާ ޕްރޮޑަކްޓެކެވެ.