23 Aug 2016, 13:27
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފާސްކުރި ސިއްހީ ހިދުމަތްތެރީންގެ ގާނޫނުގައި ބުނެފައިވާ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ފަސްވަނަ ފަހަރަށް ހުޅުވާލައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކައުންސިލަށް ކުރިމަތިލުމަށް ފަސްވަނަ ފަހަރަށް ހުޅުވާލީ ހަތަރުވަނަ ފަހަރަށް އެ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެކަށީގެންވާ ވަރަށް ބޭފުޅުން ކުރިމަތި ލައްވާފައިނުވާތީ ކަމަށެވެ.
ކައުންސިލް މެންބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތައް:
- ކައުންސިލްގެ ރައީސް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން
- ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަން ޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަން ޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި ދިރާސާކުރަން ޖެހޭ ލިޔުންތައް ދިރާސާކުރުމާއި ތައްޔާރުކުރަން ޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
- މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚުލާގި މިންގަނޑުތަކާއި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
ކައުންސިލް މެންބަރުންގެ ޝަރުތުތައް:
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
- ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައިނުވުން.
- ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް ނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން ފަސް އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
- ސިއްހީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
އެ އިއުލާނުގައި ވަނީ އެކައުންސިލަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން އެ މިނިސްޓްރީއަށް ސިޓީ ހުށަހަޅަންވާނެ ކަމަށެވެ.