23 Aug 2016, 12:03
މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް 126 އަހަރުވި އިރު އެ އިދާރާގެ އިސްވެރިޔަކު ފުރަތަމަ ފަހަރަށް ޔުނީފޯމްގައި އޮފީހަށް ވަޑައިގެންފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފާއި ޑެޕިއުޓީ ކޮމިޝަނާ އިސްމާއިލް އަބްދުﷲ އޮފީހަށް ނުކުމެވަޑައިގެންފައި ވަނީ ކަސްޓަމް ޔުނީފޯމްގަ އެވެ.
ކަސްޓަމްސް ގަވައިދު ބުނާ ގޮތުން ޔުނީފޯމުގައި ވަޒީފާއަށް ނުކުންނަން ޖެހޭނީ ކަސްޓަމްސް އޮފިސަރުންނެވެ.
ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ކަސްޓަމްގެ ވެރިން ކޮންމެ އާދިއްތަ ދުވަހެއްގައި އޮފީހަށް ނުކުންނަވާ އިރު އަދި ކަސްޓަމް ތަމްސީލް ކުރައްވަން ތަންތަނަށް ވަޑައިގަންނަވާނީ ކަސްޓަމް ޔުނީފޯމްގައި ކަމަށެވެ.
"މީގެ ފަހުން ސެރަމަނީތަކުގައި މިނިވަން ދުވަހާއި ކަސްޓަމްސްގެ ފަރާތުން ރެޕްރެޒެންޓް ކުރަން ތަންތަނަށް ވަޑައިގަންނަވާ އިރު ޔުނީފޯމުގައި ވަޑައިގަންނަވާނީ." ނިޔާޒު ވިދާޅުވި އެވެ.