23 Aug 2016, 08:45
އެންޑްރޮއިޑް އޯއެސްގެ އެންމެ ފަހު ވާޝަން، އެންޑްރޮއިޑް 7.0 ނުވަތަ އެންޑްރޮއިޑް ނޫގަޓް ރިލީޒް ކޮށްފިއެވެ.
ގޫގްލްގެ އޮޕަރޭޓިންގް ސިސްޓަމް އެންޑްރޮއިޑްގެ އެންމެ ފަހު ވާޝަން ކަމުގައިވާ ނޫގަޓް 7.0 އަކީ ޑިވައިސްގެ ސްކްރީނުން އެއްފަހަރާ ދެ އެޕް ބޭނުންކުރެވޭ ގޮތަށް ޑިވެލޮޕް ކޮށްފައިވާ އޯއެސްއެކެވެ. މީގެ އިތުރުން ޑިވައިސްތަކަށް އާންމުކޮށް ހެންޑްލް ނުކުރެވޭސް 3ޑީ ގްރެފިކްސްވެސް، އެންޑްރޮއިޑް 7.0 އާ އެކު ޑިވައިސްތަކަށް ހެންޑްލް ކުރެވޭނެއެވެ.
އެންޑްރޮއިޑް 7.0 ނޫގަޓް ރިލީޒް ކޮށްފައިވީ ނަމަވެސް، މިވަގުތު މި އޯއެސްގެ އަޕްޑޭޓް 7.0 ލިބޭނީ ގޫގްލްގެ ނެކްސަސް ފޯނުތަކަށާއި ޓެބްލެޓުތަކަށް އެކަންޏެވެ.
ގޫގްލްއިން ބުނީ، އެލްޖީއިން ދާދި އަވަހަށް ނެރެން ތައްޔާރުވާ ސްމާޓުފޯނެއްގައި މި އޯއެސް ޕްރީއިންސްޓޯލް ކޮށްފައި ހުންނާނެ ކަމަށާއި އެހެން ނަމަވެސް އެހެން ބްރޭންޑުތަކުގެ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކުން ޖެހޭނީ، ފޯނު އުފައްދާ ކުންފުނިތަކުން އެ އޯއެސް ޓެސްޓުކޮށް ހަދައި ނިމެންދެން މަޑުކުރަން ކަމަށެވެ.
ގޫގްލްއިން އުފައްދާ އެންޑްރޮއިޑުގެ ކޮންމެ ވާޝަންއަކަށް ވެސް ކޯޑު ނަން ދެނީ ފޮނި ކާއެއްޗެއްގެ ނަމުންނެވެ. އެގޮތުން ކަޕްކޭކް، ޑޯނަޓް، އެކްލެއާ، ފްރޯޔޯ، ޖިންޖަބްރެޑް، ހަނީކޯމްބް، އައިސްކްރީމް ސޭންޑްވިޗް، ޖެލީބީން، ކިޓްކެޓް، ލޮލީޕޮޕް އަދި މާޝްމެލޯ ހިމެނެއެވެ.
އެންޑްރޮއިޑްގެ އެންމެ ފަހު ވާޝަން، އެންޑްރޮއިޑް 7.0 ނުވަތަ އެންޑްރޮއިޑް ނޫގަޓްގެ ނަން ނިސްބަތްވާ ނޫގަޓްއަކީ އެކި ކަހަލަ ބަދަނާއި، ހަކުރު ނުވަތަ މާމުއި އަދި ބިސް އަޅައިގެން ހަދާ ފޮނި ކާ އެއްޗެކެވެ.

ނޫގަޓް --