22 Aug 2016, 20:47
ހުޅުމާލޭގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ ފުލެޓާއި ބިންތަކުގެ ކުލި ނުދެއްކުމުން ކުރާ ޖޫރިމަނާއިން އިންޓްރެސްޓް ނުނަގަން ނިންމައިފި އެވެ.
ކުލި ނުދެއްކުމުން ކުރާ ޖޫރިމަނާ ކަނޑައަޅާފައިވާ މުއްދަތުގައި ނުދައްކައިފިނަމަ އެޗްޑީސީން ދަނީ ޖޫރިމަނާއާއެކު އިތުރު އިންޓްރެސްޓެއް ނަގަމުންނެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މުހައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭގައި އާންމުން އުޅެން ދޫކޮށްފައިވާ ފުލެޓުތަކާއި ބިންތަކުގެ ޖޫރިމަނާއަށް މިހާރު އަރާފައިވާ އަދަދަށްވުރެ ދެން ޖޫރިމަނާ އިތުރު ނުވާނެ ކަމަށެވެ. ދެން ޖޫރިމަނާ ފައިސާ ނަގާނީ އިސްލާމިކް ފައިނޭންސް އުސޫލުން ދުވަސްވާވަރަކުން ބޮޑުވުމުގެ ބަދަލުގައި ވަކި އަދަދަކަށް ކަނޑައަޅައިގެން ކަމަށް ވިދާޅުވި އެވެ.
"ލާރި ނުދައްކާ ވަރަށް ގިނަ ފަރާތްތަކެއް ހުރެ އިންޓްރެސްޓް މައްޗަށް އިންޓްރެސްޓް އަރައިގެން އެބުރަބޮޑު ސިސްޓަމުން އަރައި ނުގަނެވިފައި ތިބި ވަރަށް ގިނަ ފަރާތްތަކަށް މިދެނީ ދެން އިންޓްރެސްޓް އިތުރަށް ނާރާނެ ގޮތަކަށް ފުރުސަތު،" ސައިމަން ވިދާޅުވިއެވެ.
ލުއި ގޮތަކަށް އިސްލާމިކް ފައިނޭންސްގެ އުސޫލުން ދެން ޖޫރިމަނާ ފައިސާ ދެއްކޭނެއިރު ޖޫރިމަނާ ފައިސާ ދެއްކުމަށް ދިގު މުއްދަތެއް ދޭނެ ކަމަށް ސައިމަން ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ފުލެޓުތަކުން ކުލި ނުދައްކާނަމަ ޖޫރިމަނާ ކުރާނެ ކަމަށާއި ނަމަވެސް ޖޫރިމަނާގެ އަދަދު އިތުރުވަމުން ނުދާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގައި ކުލި ދައްކާޖެހޭ 904 ފުލެޓާއި 753 ގޯތި މިހާރު ހުރެ އެވެ.
ވ