ފިލްމީ ދާއިރާގެ އެންމެ އުހުގައި ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ފިޔަ ޖަހަމުން އަންނަ އިރު، އޭނާގެ މަންމަ ޑރ.މަދޫ ޗޯޕްޅާ ވެސް ފިލްމީ ދާއިރާ އަށް ނުކުންނަށް ތައްޔާރު ވެއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުން، މަދޫ ފިލްމީ ދާއިރާ އަށް ނުކުންނަނީ މަރާތީ ފިލްމު "ވެންޓިލޭޓާ" އިންނެވެ.

ރާޖޭޝް މަޕޫކަރު ޑައިރެކްޓުކޮށް ޕްރިޔަންކާ އަމިއްލަ އަށް ޕްރޮޑިއުސް ކުރާ އެ ފިލްމުގައި ޕްރިޔަންކާގެ ޚާއްސަ ފެނިލުމެއް ހިމެނޭ އިރު، މަދޫ ކުޅޭނީ ޕްރިޔަންކާގެ މަންމަގެ ބައި ކަމަށްވެ އެވެ.

މިހާރު އެ ފިލްމުގެ ޝޫޓިން ވެސް ވަނީ ފަށައިފަ އެވެ. އެ ފިލްމުގައި ޑައިރެކްޓަރު އާޝުތޯޝް ގޮވާރިކަރުގެ އިތުރުން ވެސް މަރާތީ ގިނަ ތަރިން ތަކެއް ފެނިގެންދާނެ އެވެ.

އެއީ ޕްރިޔަންކާ ޕްރޮޑިއުސް ކުރާ ފުރަތަމަ މަރާތީ ފިލްމެވެ.