އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެރަލު ކަމުން ޑރ. މުހައްމަދު ޒާހިރު ހުސައިން ވަކިކޮށް އެ މަގާމަށް، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެޑިއުކޭޝަން މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ޑރ. ޒާހިރު ހުސައިން މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ޑރ. ޒާހިރު ހުސައިނަކީ އައިޔޫއެމްގެ އެންމެ ފުރަތަމަ ޗާންސެލަރެވެ. އަދި އޭނާ އަކީ ގައުމީ ޔުނިވާސިޓީގެ ދެވަނަ ޗާންސެލަރެވެ.

މިހާތަނަށް ވައިސް ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމަކީ ކުރިން އިސްލާމިމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.