މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ރ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހިސާބަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ އިދާރާ އިން ރ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހިސާބަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 4:30 ހަމައަށެވެ.

މެޓް އޮފީހުން މޫސުމާ ބެހޭ ކަންކަމުގައި ނެރޭ ތިން އެލާޓަކީ ހުދާއި ރީނދު ލާއި ރެޑް އެލާޓެވެ. ހުދު އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. ރީނދޫ އެލާޓް ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 30 މޭލާ 40 މޭލާ ދެމެދު އުޅޭ ނަމަ އެވެ. ރެޑް އެލާޓްގެ މާނައަކީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމެވެ.

ރ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓު އެލާޓު ނެރެފައިވާއިރު އިއްޔެ ވަނީ ޅ. އަތޮޅުން ފެށިގެން އައްޑު ސިޓީގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ.