އުރީދޫ އިން ހާއްސަ އޮފާތަކާއި އެކު ސެމްސަންގުގެ އެންމެ ފަހުގެ ސްމާޓް ފޯން, ގެލެކްސީ ނޯޓް7 ރާއްޖޭގައ ވިއްކަން ފަށައިފިއެވެ.

އުރީދޫއިން ބުނީ އެކުންފުނީގެ ފިހާރަތަކުން އެފޯނު ވިއްކަމުންދާއިރު އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ފޯނު ގަންނަ ކޮންމެ މީހަކަށް 128 ޖީބީގެ އެސްޑީ މެމަރީ ކާޑެއް ލިބޭނެ ކަމަށެވެ. އަދި ޕްރީޕެއިޑް ޕްލޭން އާއެކު ފޯނު ގަތުމުން އެއްއަހަރު ތެރޭ 12 ޖީބީ ޑޭޓާ އާއި ހިލޭ މިނެޓް ލިބިގެންދެއެވެ.

އުރީދޫއިން ނޯޓް 7ގެ 64 ޖީބީގެ ފޯނެއް 12899 ރުފިޔާއަށް ވިއްކާއިރު އިންސްޓޯލްމަންޓަށް ވެސް ފޯނު ދޫކުރެއެވެ.

އިންސްޓޯލްމަންޓަށް މަހަކު 890 ރުފިޔާ ދައްކައިގެން 12 މަހަށް ބަހާލައިގެން ފޯނު ލިބޭ އިރު ހަ މަހުގެ އިންސްޓޯލްމަންޓް ޕްލޭނަކާ އެކު މަހަކު 1،200 ރުފިޔާ ދައްކައިގެން ފޯނު ލިބޭނެ ގޮތްވެސް ވަނީ ހަމަޖައްސައިފައެވެ. އެ ޕްލޭންތައް މެދުވެރިކޮށް ފޯނު ގަނެވެނީ އުރީދޫ ޕޯސްޓްޕެއިޑް 399 އަށް ވުރެ މަތީ ޕެކޭޖެއް ނަގާ ފަރާތްތަކަށެވެ.

ނޯޓު 7ގައި ހިމަނާފައިވާ ލޮލުގެ ކަޅި ދެނެގަންނަ ސެންސަރުން ފޯނު އަންލޮކް ކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ. ލޮލޮގެ ކަޅިން ފޯނު އަންލޮކް ކުރެވޭ އިރު، އެއީ އިނގިލި ނިޝާނަށް ވުރެ ރައްކާތެރި ސިފައެއް ކަމަށް ސެމްސަންގުން ބުނެ އެވެ.

ފެން ނުވަންނަ ގޮތަށް ހަދާފައިވާ ނޯޓު 7 ގައި 4 ޖީބީގެ ރޭމް އާއި، 12 މެގަ ޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވެ އެވެ. މި ފޯނުގައި ހިމަނާފައި ވަނީ، ކުއަލްކޮމް ސްނެޕްޑްރެގަން 820 ގެ ޕްރޮސެސަރެކެވެ.

ނޯޓު 5 އާ ހިލާފަށް ނޯޓު 7ގައި އެސްޑީ ކާޑު ޖެހެން ހުންނާނެ އެވެ. އަދި އިންޓާނަލް ސްޓޯރޭޖް ގައި 64 ޖީބީ ހިމެނޭނެ އެވެ.