ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވާސިފިކޭޝަން ޕްރޮގްރާމުގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވެލިޔު އެޑެޑް ބާވަތްތައް އުފެއްދުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު)ގެ އެހީގައި އެ މިނިސްޓްރީ އިން ހިންގަމުންގެންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވާސިފިކޭޝަން ޕްރޮގްރާމުގެ ދަށުން ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ މަހުގެ 22 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

ލޯނު ދޫކުރުމުގެ އުސޫލުތައް ބަޔާންކޮށްދޭ ލިޔުމާއި، ލޯނަށް އެދޭ ފޯމުއެ މިނިސްޓްރީގެ ވެބްސައިޓުންލިބެން ހުންނާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.