ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަލުން ހުޅުވާލައިފިއެވެ.

ޖޭއެސްސީގެ އިންފޮމޭޝަން އޮފިސަރު ހަސަން ޒަހީން މިއަދު ވިދާޅުވީ ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން މީގެކުރިން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލާފައި ވަނީ އެންމެ ދެ ބޭފުޅުން ކަމަށެވެ.

އެ އަދަދަކީ އެކަށީގެންވާ އަދަދެއް ކަމަށް އެކަމާ ބެހޭ ކޮމެޓީއަށް ނުފެންނާތީ ކުރިން ކުރި އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރީ ކަމަށް ޒަހީން ވިދާޅުވިއެވެ.