21 Aug 2016, 15:22
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ދެ ފަނޑިޔާރުން ހޯދަން ކުރި އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރުމަށް ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޑިރެކްޓަރު ހަސަން ޒަހީމް މިއަދު ވިދާޅުވީ، ކުރިންކޮށްފައިވާ އިއުލާނާ ގުޅިގެން ކުރިމަތިލީ އެންމެ ދެ ފަނޑިޔާރުން ކަމަށާއި އެއީ އެކަށީގެންވާ އަދަދެއް ކަމަށް ނުފެންނާތީ އަނެއްކާވެސް އިއުލާން ކުރަން ނިންމާފައިވާ ކަމަށެވެ.
ދެން އިއުލާންކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.
ފުރަތަމަ ކުރި އިއުލާން ބާތިލްކުރިއިރު ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލީ ހދ. ޖުޑީޝަލް އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒު އާއި ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އެވެ.