21 Aug 2016, 12:15
އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އެއްޖިންސުން ގުޅުން ހިންގަން ތިއްބައި ގެސްޓު ހައުސްއެއްގެ ތެރެއިން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށާއި އޭގެތެރެއިން އެކަކީ ފުލުހެއް ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.
އިސްމާއީލް ވިދާޅުވީ އެ ފުލުސް މީހާއާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންތައް ކުރިއަށްދާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގެ ގެސްޓުހައުސްއެއްގެ ތެރެއިންނެވެ.