20 Aug 2016, 12:47
މުއާސަލާތީ ކުންފުނި ދިރާގުން ކ. މާފުށީގައި ފައިބަރު ނެޓްވޯކް ގާއިމްކޮށްފި އެވެ.
މިއީ މާލެފިޔަވައި ފައިބަރު ނެޓްވޯކް ގާއިމްކުރި ފުރަތަމަ ރަށެވެ.
ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން މިއަދު ސަން އަށް ވިދާޅުވީ މާފުށީގައި ފައިބަރު ނެޓްވޯކް ގާއިމްކޮށްފައިވާ އިރު އަންނަ ބުދަ ދުވަހުން ފެށިގެން އެ ރަށުގެ ހުރިހާ ގެއަށާއި ވިޔަފާރިތަކަށް އެހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
ހާއްސަ ފުރޮމޯޝަނަކާ އެކު އެ ހިދުމަތް ފަށާއިރު މާލެއާ އެއްއަގެއްގައި ހިދުމަތްދޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.
"އެންމެ ހަލުވި ސުޕީޑް 100 އެމްބީޕީއެސްއާ ހަމަޔަށް، އެއް ޓީބީގެ ޕެކޭޖްތައް ހިމެނޭ ގޮތަށް ޚިދުމަތް ލިބޭނެ،" މިރުޝާން ވިދާޅުވި އެވެ.
ދިރާގުން ނިންމާފައި ވަނީ ކުރިއަށްއޮތްތަނުގައި އަތޮޅުތެރޭ އެކިރަށްތަކުގައި ވެސް އެހިދުމަތް ފޯރުކޮށްދިނުމަށެވެ.