18 Aug 2016, 17:51
އަބުރުގެ މައްސަލަ ހުށައެޅުމަކީ ގަބޫލް ކުރާނެ އުސޫލެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ޕަބްލިކް ސާވިސް މީޑިއާގެ އޮންލައިން ނޫހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރާ ބެހުނު ކަމަށް ބުނެ އަމިއްލަ ފަރާތަކުން ފުލުހުންނަށް ވަނީ މައްސަލައެއް ހުށައަޅާފައެވެ.
ކުރީގެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ބަސްބުނެ ހިޔާލް ފާޅުކުރުމަކީ އިންސާނީ ތަބީއަތުގެ އަސާސް ކަމަށެވެ. އަބުރުގެ މައްސަލަ ހުށަނާޅާ ކަމަށާއި އެއީ ގަބޫލް ކުރާ އުސޫލެއް ނޫން ކަމަށެވެ.
Basbune khiyaal faalhukurumakee insaanee thabeeathuge eh asaas. Aburuge massaleh husha naalhan. E ee alhugandu gabool kuraa usooleh noon.
— Mohamed Nasheed (@MohamedNasheed)August 18, 2016
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާގެ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކުން ކުރާ އަމަލަކުން އެއްވެސް ފަރާތެއްގެ އަބުރާ ބެހިގެން ގެއްލުމެއް ލިބިއްޖެ ނަމަ ނުވަތަ ފާޅުކުރާ ޚިޔާލެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަތުވެއްޖެކަމަށް އެފަރާތަށް ގަބޫލުކުރެވިއްޖެ ނަމަ، އެފަރާތަކުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް މައްސަލަ ހުށަހެޅިދާނެ ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސް އިން މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަންވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
އަބުރުގެ ބިލްގެ ފާސްކުރަން އުޅުމުންވެސް ރައީސް ނަޝީދު ވަނީ އެބިލަށް ދެކޮޅު ހަދާފައެވެ.