18 Aug 2016, 17:30
ކުރިއަށްއޮތް އިންތިހާބުތަކުގައި އޮފިޝަލުންގެ ގޮތުގައި މީހުން ބޭނުންކުރާނީ އެރަށެއްގެ އާބާދީއަށް ބަލައިގެން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
މީގެ ކުރިން އެއީ ކިތަންމެ ބައިމަދު ރަށެއް ނަމަވެސް ކޮންމެ ވޯޓް ފޮއްޓެގެ ކައިރީ 15 ވަރަކަށް އޮފިޝަލުން ހަރަކާތްތެރިވެއެވެ.
ިއިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ސަން އަށް ވިދާޅުވީ ކުރިއަށްއޮތް އިންތިހާބުތަކުގައި އޮފިޝަލުން ބޭނުންކުރާނީ އެރަށެއްގެ އާބާދީގެ ނިސްބަތުން ކަމަށާއި އޭރުން ބޮޑުތަން ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
"މިސާލަކަށް ވޯޓްލާ 100 މީހުންނަނަމަ ކޮންމެ 10 މީހުންނަށް އޮފިޝަލެއް. އެފަދަ ގޮތަށް ދެން ނަގާނީ،" އަކްރަމް ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިހާބުގައި އިންތިހާބުގެ އޮބްޒާވަރުންނާއި މޮނީޓަރުންނަށް ގިނަ ފުރުސަތުތަކެއް ދޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ދެން އެންމެ އަވަހަށް ބޮޑު އިންތިހާބެއް އޮންނާނީ އަންނަ އަހަރު ކުރީކޮޅުއެވެ. އެއީ ލޯކަލް ކައުންސިލްއިންތިހާބެވެ.