ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބޮޑު އީދަށް ހާއްސަކޮށް މާލެއާއި އައްޑޫއިން ލަންކާއަށް ހާއްސަ ފްލައިޓަތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މާލެއިން އަދި ސ. ގަމުން ލަންކާއަށް ބާއްވާ ދެ ފުލައިޓް ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހު އަށް ވަނަ ދުވަހުއެވެ. އެނބުރި ރާއްޖެ އައުމަށް ނިންމާފައިވަނީ އަންނަ މަހު 17 ވަނަ ދުވަހުއެވެ. މޯލްޑިވިއަންގެ އެއާބަސް އޭ320ގެ ފުލައިޓު ބޭނުން ކުރުމަށް ނިންމާފައިވާއިރު އެއީ ކޮންމެ ކޮޅަކަށް 150 މީހުންގެ ޖާގައެވެ.

މާލެއިން ލަންކާއަށް ދާ ފަރާތްތަކަށް ދެކޮޅު ޓިކެޓު 280 ޑޮލަރަށް ވިއްކާއިރު، ލަންކާއިން މާލެއަށް އެއްކޮޅު ޓިކެޓު ވިއްކަނީ 99 ޑޮލަރަށެވެ. ކުޑަކުއްޖެއްނަމަ ދެކޮޅު ޓިކެޓް 241 ޑޮލަރަށެވެ.

އައްޑޫއިން ލަންކާއަށް ދެކޮޅު ޓިކެޓު ވިއްކަނީ 190 ޑޮލަރަށެވެ.

އައްޑޫއިން ލަންކާއަށް އެއް ފުލައިޓް އަދި މާލެއިން ލަންކާއަށް އެއް ފުލައިޓް ބާއްވަން ނިންމާފައިވާއިރު މިއަދުން ފެށިގެން ވަނީ ޓިކެޓު ބުކްކުރުން ހުޅުވާލައިފައެވެ.