އަންކާރާ (އޮގަސްޓް 18): އިރުމަތީ ތުރުކީގެ ދެ ސަރަހައްދެއްގައި ބޮން ގޮއްވާލުމުގެ ސަބަބުން ހަ މީހަކު މަރުވެ، 160 މީހަކަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ މީޑިއާ އިން ބުނެފި އެވެ.

މިއަދު ހެނދުނު ފުރަތަމަ ހަމަލާ ދީފައި ވަނީ ބޮން ހަރުކޮށްފައި ހުރި ކާރެއް ފުލުހުންގެ އުޅަނދެއްގައި ޖެއްސުމަށް ފަހު ކާރު ގޮއްވާލައިގެންނެވެ. އެހާދިސާގައި ތިން މީހަކު މަރުވެ 40 މީހަކަށް އަނިޔާވި އެވެ.

އޭގެ މާގިނަ އިރުތަކެއް ނުވެ ދެވަނަ ހަމަލާ ދިނީ އެލާޒިގް ސިޓީގެ ޕޮލިސް ސްޓޭޝަނެއް ކައިރީގަ އެވެ. އެހަމަލާގައި ތިން މީހަކު މަރުވެ، 120 މީހަކަށް އަނިޔާވި އެވެ.

އެހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވާ އިރު ތުރުކީގެ ނޫސް އޭޖެންސީއަކުން ލަފާ ގޮތުގައި ހަމަލާގެ ފަހަތުގައި ވަނީ ގާނޫނާ ހިލާފު ޖަމާއަތެއް ކަމަށްވާ، ކުރުދިސްތާނު ވޯކާސް ޕާޓީ (ޕީކޭކޭ) އެވެ. ފަހަކަށް އައިސް އެޖަމާއަތުން ވަނީ ތުރުކީގެ އިރު އުތުރުގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް ގިނަ ހަމަލާތައް ދީފަ އެވެ. (ޕްރެސްޓީވީ)