މިދިޔަ އަހަރު ނުކުތް "ދިލްވާލޭ"އަކީ ގިނަ އަހަރުތަކަކަށް ފަހު ކެމެރާގެ ކުރިމަތިން ކާޖޮލް ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ. އެއާއެކު ކާޖޮލް އަށް ސަޕޯޓު ކުރާ އެތައް ބަޔަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ އެވެ. އަދި އޭނާގެ އިތުރު ފިލްމަކަށް އިންތިޒާރު ކުރެވެން ފެށި އެވެ.

"ދިލްވާލޭ"އަށް ހީކުރިވަރުގެ ކާމިޔާބެއް ނުލިބުމުން އެކަމާ ހިތްހަމަ ނުޖެހިފައިހުރި ކާޖޮލް ދެން އިތުރު ފިލްމެއްގެ މަސައްކަތް ނުކުރާނެ ކަމަށް ވެސް އޭރު ބެލެވުނެވެ.

ނަމަވެސް މިފަހަރު މި އޮތީ އުފާވެރި ހަބަރެކެވެ. ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ދެން ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ ފިލްމުން ކާޖޮލް ފެންނާނެކަން މިވަނީ ޔަގީންވެފަ އެވެ.

ރާޖޭޝް ސެތީ އެ ފިލްމުގައި ކާޖޮލް އަދާކުރާނި ފިލްމުގެ ލީޑު ބަތަލާގެ ރޯލެވެ. ނަމަވެސް ފިލްމާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކާޖޮލް މިހާރު ކުރަމުން އަންނަނީ އަޖޭގެ ކުރިއަށް އޮތް ފިލްމު "ޝިވޭ"ގެ މާކެޓިންގެ މަސައްކަތްތަކެވެ. "ޝިވޭ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.