17 Aug 2016, 16:05
ޖެނެރަލް އިންޝޫރަންސްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދީފައިވާ ދިވެހި އިންޝޫރަންސް ކޮމްޕެނީ ޕވޓ. ލޓޑ. އިން އެކުންފުނީގެ ވިޔަފާރި ފެށުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ދީފި އެވެ.
އެމްއެމްއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދިވެހި އިންޝޫރަންސް ކޮމްޕެނީ އަށް ދީފައިވާ ވިޔަފާރީގެ ލައިސަންސްގެ ދަށުން އިންޝޫރަންސް ވިޔަފާރި ފެށުމުގެ ހުއްދަ މިއަދު އެކުންފުންޏަށް ދީފައިވާ ކަމަށެވެ.
ީއަކީ އެންސިސް ގްރޫޕުގެ ދަށުން އުފައްދާފައިވާ އިންޝޫރަންސް ކުންފުންޏެކެވެ.
ދިވެހި އިންޝޫރަންސް ކޮމްޕެނީއަކީ 100 ޕަސަންޓު ދިވެހިން ހިއްސާވާ ކުންފުންޏެކެވެ.
މި އަހަރު އިތުރު ކުންފުންޏަކަށް ވެސް ވަނީ ރާއްޖޭގައި އިންޝޫރަންސްގެ ޚިދުމަތް ދިނުމުގެ ހުއްދަ ދީފަ އެވެ. އެއީ، ސޮލަރެލް އިންޝޫރަންސް އެވެ. ސޮލަރެލްއަކީ 100 ޕަސަންޓު ދިވެހީން ހިއްސާވާ ގޮތަށް ރާއްޖޭގައި އުފެއްދި ފުރަތަމަ އިންޝޫރަންސް ކުންފުންޏެވެ.
މި ދެ ކުންފުނީގެ އިތުރަށް ވެސް ބައެއް ކުންފުނިތަކުން އަންނަނީ ރާއްޖޭގައި އިންޝޫރަންސް ޚިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި އެލައިޑް އިންޝޫރަންސް، އަމާނާ ތަކާފުލް އަދި ސީލިންކޯ އިންޝޫރަންސް ހިމެނެ އެވެ.