ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރުގެ ތެޔޮ ބަރުކޮށްފައި އޮތްް، މެލޭޝިއާގެ ތެޔޮ ބޯޓެއް ހައިޖެކް ކޮށްފި އެވެ.

އެމް ޓީ ވިއެރ ހާމަނީ ނަމަކަށް ކިޔާ، މެލޭޝިޔާގެ މި އޮއިލް ޓޭންކަރު ހައިޖެކް ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް މި ޚަބަރު ތިލަވެފައި ވަނީ މިއަދު އެވެ.

މެލޭޝިއާގެ މެރިޓައިން އެންފޯސްމަންޓް އޭޖެންސީގެ ޑިރެކްޓަރު އަހްމަދު ޕޫޒީ އަބް ކަހަ ވިދާޅުވީ އެ ބޯޓު ހައިޖެކް ކޮށްފައި ވަނީ ހޯމް ދުވަހު، އެ ބޯޓު މެލޭޝިއާގެ ޓަންޖުންގް ޕެލެޕަސް ބަނދަރުން ފުރައިގެން ދަތުރު ކުރަނިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބޯޓު މިހާރު އޮތީ އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދުގައި، ބަޓަމް ޖަޒީރާ ކައިރީގައި ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އެ ހައިޖެކް ކުރުމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.