ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ބޭންކިންގެ ހިދުމަތް ދިނުމަށް ހާއްސަ ބުރާންޗެއް ހުޅުވުމަށް އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ބީއެމްއެލް ބާޒާރު ބުރާންޗު ހުރި ތަނުގައި އަންނަ މަހު އެ ބޭންކުން އިސްލާމިކް ބެންކިން ބުރާންޗެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ.

ބާޒާރު ބުރާންޗު ބަދަލު ކުރުމަށް ނިންމާފައި ވަނީ ބީއެމްއެލް ލައިޓް ހިންގާ އިމާރާތަށެވެ.

އެހެންކަމުން މިމަހު 21 އިން ފެށިގެން ޑޮލަރު ވިއްކުން ފަދަ ބާޒާރު ބުރާންޗުން ދޭ ހިދުމަތްތައް ބާޒާރު ބުރާންޗަށް ބަދަލު ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.