އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ 13 ވަނަ ދުވަހު ދޫނިދޫގައި ނައްތާލާފައިވަނީ ތަފާތު 92 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި 10 އިންސިޑެންޓެއްގައި ހިމެނޭތަކެތި ކަމަށެވެ.

އެގޮތުން ނައްތާލާފައިވަނީ އެކި ބްރޭންޑްތަކުގެ 386 ފުޅި ބަނގުރަލާއި 140 ބިޔަރު ދަޅާއި ބަނގުރާހުރި 3 ހަމާއި އެހެނިހެން 310 އައިޓަމް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ނައްތާލާފައިވަނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ވެސް ފުލުހުން ބުންޏެވެ.