16 Aug 2016, 14:27
ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު އާސިމްގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާ އަށް ފައްޓަވައިފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ، އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖްގެ ދައުވަތަކަށް މިނިސްޓަރު ޑރ. އާސިމް އިންޑިއާ އަށް ފުރާވަޑައިގެންނެވީ އިއްޔެ ކަމަށެވެ.
FM Dr Asim meets Indian EAM Sushma Swaraj in Delhi.Minister Asim is on his first official visit to India.pic.twitter.com/biHXgCs16e
— MFA-Maldives (@MDVForeign)August 16, 2016
އަދި އެ ދަތުރުފުޅުގައި މިނިސްޓަރު އާސިމް ވަނީ މިއަދުގެ ވަގުތެއްގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާއާ ބައްދަލުކުރައްވައިފަ އެވެ.
މިނިސްޓަރު އާސިމް އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާން ވިކާސް ސްވާރަޕްގެ ވިދާޅުވެފައި ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ފުރަތަމަ ދަތުރުފުޅު އިންޑިއާ އަށް ކުރެއްވުމަކީ ރާއްޖެ އިން އިންޑިއާ އަށް ކުރައްވާ އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
India First!
Reiterating Maldives' trust, FM Mohamed Asim meets EAM@SushmaSwarajon his 1st official visit abroadpic.twitter.com/5ykigc6SCl— Vikas Swarup (@MEAIndia)August 16, 2016
އިންޑިއާއަކީ 1965 ވަނަ އަހަރު ރާއްޖެ އަށް މިނިވަންކަން ލިބުމުން އެންމެ ފުރަތަމަ ރާއްޖެ ބަލައިގަނެ ރާއްޖެއާ އެކު ގުޅުން ގާއިމްކުރި ގައުމުތަކުގެ ތެރޭގައި ހިމެނޭ، ގައުމެކެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަހަރު 51 ފުރޭނެ އެވެ.