16 Aug 2016, 14:07
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޒުލީން އަހުމަދު ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް މަޖިލީހުން ނިންމައިފި އެވެ.
ހޯމް މިނިސްޓަރުގެ މަގާމަށް އަޒްލީން އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 54 މެމްބަރުން ނެވެ. އެ މަގާމަށް އޭނާ އައްޔަން ކުރުމާ ދެކޮޅަށް އަަށް މެމްބަރަކު ވޯޓު ދެއްވި އެވެ.
ރައީސް އަބްދުﷲ ޔާމީނު، ހޯމް މިނިސްޓަރުގެ މަގާމަށް އަޒުލީނު އައްޔަން ކުރެއްވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.
ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަޒުލީން އެންމެ ފަހުން ހުންނެވީ ހަޔާ އެޑިއުކޭޝަންގެ އެންމެ އިސްވެރިޔާގެ ގޮތުގަ އެވެ. އަޒުލީނަކީ ތައުލީމީ ދާއިރާގައި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.