މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅުދުއްފުށީ ޓީމަށް ސަޕޯޓުކުރުމަށް އެ ރަށް ރަތް ކުލައިން ޖަރީކޮށްލައިފިއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާ ދެކޮޅަށް ނުކުންނަ ކުޅުދުއްފުށި ޓީމާއެކު ތިބިކަން އަންގައިދިނުމަށް އެ ރަށުގެ ބައެއް މީހުން ރަތް ކުލައިގެ ހެދުމުގައި ---

ކުޅުދުއްފުށި ރައްޔިތުން ރަތް ކުލައިގެ ހެދުން ބޭނުން ކުރުމަށް އެދުމުން އެ ރަށުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެ ރަށުގެ ރައްޔިތުން އަޒުމަކީ ފައިނަލުގައި މިއަދު ހަނިމާދޫ އަތުން މޮޅުވެ، ކުޅުދުއްފުށިން އަތޮޅު ޗެމްޕިއަންކަން ހޯދުމެވެ. ޓާސްކްފޯހެއް އެކުލަވާލައިގެން އެ ރަށުގެ ޓީމަށް ތަރުހީބު ދިނުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާ ދެކޮޅަށް ނުކުންނަ ކުޅުދުއްފުށި ޓީމާއެކު ތިބިކަން އަންގައިދިނުމަށް އެ ރަށުގައި ހުންނަ ބީއެމްއެލްގެ މުވައްޒަފުން ---

"އަޅުގަނޑުމެން ކައުންސިލުގައި އެދުނީ އެކި އޮފީސްތަކާއި، ރަށުގެ ފިހާރަތަކާއި އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މީހުންނާއި ކުދިން ރަތް ކުލައިގެ ހެދުން މިއަދު ބޭނުންކުރުމަށް ގޮވާލެއްވުމަށް. އެގޮތުން އެކަމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ،" ޓާސްކްފޯހުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަބްދުލް ރަޝީދު ސައީދު (އަބްސީ) ބުންޏެވެ.

އޭނާ ބުނީ، ކުޅުދުއްފުށީގެ އެންމެ ބޮޑު މަގުކަމަށްވާ އަމީނީ މަގުގެ ބޮޑު ބައެއް މިއަދު ފެނިގެންދާނީ ރަތް ކުލައިން ކަމަށާއި އަމީނީ މަގުގައި ރަތް ކުލައިގެ ބެނާތަކާއި ގިނަ ފުއްޕާހަންތަކެއް މިއަދު ފެންނަން ހުންނާނެ ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާ ދެކޮޅަށް ނުކުންނަ ކުޅުދުއްފުށި ޓީމާއެކު ތިބިކަން އަންގައިދިނުމަށް އެ ރަށުގެ ފެނަކަ އޮފީހުގެ މުވައްޒަފުން ރަތް ކުލައިގެ ހެދުމުގައި ---

"މެޗު ކުރިއަށްދާ ގަޑީގައި ސަޕޯޓަރުންނަށް ރީފްރެޝްމަންޓެއް ދިނުމަށް މިހާރު އަޅުގަނޑުމެން މި މަސައްކަތްކުރަނީ. ކުޅުދުއްފުށިން މުބާރާތުގައި ބޭނުންކުރާ ވައިކިން ކްލެޕް ވެސް އިތުރަށް ޕްރެކްޓިސް ކޮށްފައިވާނެ. ޕިކަޕްތަކުގައި ދަނޑަށް ދާން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ވެސް ހަމަޖެހިފައިވޭ،" އަބްސީ ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާ ދެކޮޅަށް ނުކުންނަ ކުޅުދުއްފުށި ޓީމާއެކު ތިބިކަން އަންގައިދިނުމަށް އެ ރަށުގެ ބައެއް މީހުން ރަތް ކުލައިގެ ހެދުމުގައި ---

އޭނާ އިތުރަށް ބުނީ، ފައިނަލް މެޗުގައި ކުޅުދުއްފުށީ ޓީމުން ބޭނުންކުރާ 300 ޖާޒީއެއް ވިއްކަން ނެރުނު ނަމަވެސް ދެ ދުވަސްތެރޭ ވިކި ހުސްވި ކަމަށާއި މިއަދު ކުޅޭ މެޗަށް ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއް ދާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ފައިނަލުގައި ހަނިމާދޫއާ ދެކޮޅަށް ނުކުންނަ ކުޅުދުއްފުށި ޓީމާއެކު ތިބިކަން އަންގައިދިނުމަށް އެ ރަށުގެ ސްކޫލެއްގެ މުވައްޒަރުން ރަތް ކުލައިގެ ހެދުމުގައި ---

ހދ. އަތޮޅު ފައިނަލުގައި އަމިއްލަ ރަށުގައި ހަނިމާދޫއާ ދެކޮޅަށް ކުޅުދުއްފުށި ނުކުންނާނީ މިއަދު ހަވީރު 4:00 ގައެވެ.