ތުރުކީގެ ގަލަސަތަރާއީ އަށް ކުޅެމުން އަންނަ ޖަރުމަނު ފޯވާޑް ލޫކަސް ޕޮޑަލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފި އެވެ.

އުމުރުން 31 އަހަރުގެ ޕޮޑަލްސްކީ 2004 އިން ފެށިގެން ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެން ފަށާފައިވާ އިރު އޭނާ އެ މުއްދަތުގައި ޖަރުމަނު ޓީމުން މެދު ކެޑުމެއްނެތި ޖާގަ ހޯދައި އެ ޓީމަށް ކުޅެދިން 129 މެޗުގައި 48 ގޯލު ކާމިޔާބް ކޮށްދީފަ އެވެ.

ޖަރުމަނުގެ ގައުމީ ޓީމާއި އެކު ޕޮޑަލްސްކީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފިފާ ވޯލްޑް ކަޕް ކާމިޔާބް ކުރުމެވެ. އޭގެ ކުރިން ޕޮޑަލްސްކީ ވަނީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިން ވަނަ މަގާމް ޖަރުމަނު ޓީމާ އެކު ހޯދައިފަ އެވެ.

ޕޮޑަލްސްކީ ވަނީ ޖަރުމަނުގެ ގައުމީ ޓީމްގައި ހޭދަކުރި 12 އަހަރުގެ ތެރޭގައި އެ ޓީމާ އެކު 2005 ވަނަ އަހަރުގެ ފީފާ ކޮންފަޑަރޭޝަން ކަޕްގެ ތިން ވަނަ އާއި 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރުގެ ދެވަނަ މަގާމް ވެސް ހޯދައިފަ އެވެ.

ޖަރުމަނުގެ އެފްސީ ކޮލޮން އިން އުމުރުން އެންމެ ހަ އަހަރުގައި ފުޓްބޯޅަ ކުޅެން ފެށި ޕޮޑަލްސްކީ ޖަރުމަނުގެ ބަޔާން މިއުނިކް އާއި އާސެނަލްގެ އިތުރުން އިޓަލީގެ އޭސީ މިލާން އަށް ވެސް ކުޅެފަ އެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު ގަލަސަތަރާއީ އަށް ބަދަލުވި ޕޮޑަލްސްކީ ކުލަބް ފުޓްބޯޅައިން އަދި ފެންނާނެ އެވެ.