މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ ހަތަރު ވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި އެއް ގުރޫޕްއެއްގައި އެންމެ ފަހުގެ ޗެމްޕިއަން ސިފައިންނާއި މުބާރާތުގައި އަލަށް ވާދަކުރާ ފުލުހުން ހިމެނެއްޖެއެވެ.

ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި މިރޭ ބޭއްވި ގުރުލުމުގު ރަސްމިއްޔާތުގައި ޖުމްލަ 15 ޓީމް ވަނީ ހަތަރު ގްރޫޕް އަކަށް ބަހާލައިފައެވެ. ގްރޫޕް އޭގައި ހިމެނުނީ އެމްޑަބްލިޔުއެސްސީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިތުރުން ރައީސް އޮފީހެވެ.

ގްރޫޕް ބީގައި ސިފައިންނާއި ފުލުހުންގެ އިތުރުން ދެން ހިމެނުނީ ސްޓެލްކޯ، އިމިގްރޭޝަން އެންޑް އެމިގްރޭޝަން އެވެ.

ގްރޫޕް ސީގައި ހިމެނެނީ މޯލްޑިވްސް ކަސްޓަމްސް ސާވިސ، ދިރާގު، ޓްރާންސް މޯލްޑިވްސް އެއާވޭސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއެވެ.

ގްރޫޕް ޑީގައި ހިމެނެނީ ޕަބްލިކް ސާވިސް މީޑިއާ، މޯލްޑިވިއަން، އަދި ޓީމް ވިލާ އެވެ.

މި މަހުގެ 18 އިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ 15 ޓީމަކުން ބައިވެރިވެފައިވާ އިރު ސިންގަލް އިވެންޓްގައި 13 ޓީމަކުން 65 ކުޅުންތެރިން ބައިވެރިވެއެވެ.