15 Aug 2016, 16:21
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން ކުރާ މަސައްކަތަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާ ތައުރީފު ކުރައްވައިފި އެވެ.
އިންޑިއާގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި މިއަދު އޮތް ދިދަ އެރުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރަން ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.
އަދި ސަފީރު ވަނީ އިންޑިއާގެ މިނިވަންކަމަށް މަސައްކަތް ކުރި ފަރާތްތައް ފަދައިން، އެރޫހުގައި އިންޑިއާގެ އެހެން ރައްޔިތުން ވެސް އިންޑިއާ ކުރި އެރުވުމަށް ޓަކައި މަސައްކަތް ކުރަން ގޮވާލައްވައިފަ އެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަކިލޭޝް ވަނީ އިންޑިއާ ރައްޔިތުންނަށް ދިވެހިން ކިޔާ ހޫނު މަރުހަބާއަށާއި އަދާ ކުރާ މެހުމާންދާރީ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.