މާލޭ ދެކުރު ފަރާތު އަލަށް ކެނޑި ނެރުން ވަންނަން އުޅު ދޯންޏެއް މުދާތަކާ އެކު އަޑިއަށް ހިނގައްޖެ އެވެ.

އެސަރަހައްދުގައި ހުރި 'ސަން' ގެ ނޫސްވެރިޔާ ބުނީ " ދޯނި އެއްކޮށް އޮތީ އަޑީގައި" ކަމަށެވެ. އަދި ދޯނީގައި ހުރީ ތަފާތު ވައްތަރުގެ މޭވާއާއި ކުކުޅު ކަމަށާއި އެހުރިހާ އެއްޗެއް ވެސް މޫދަށް އެޅިފައިވާ ކަމަށް އޭނާ ބުންޏެވެ.

މާލޭ ދެކުރު ފަރާތު އަލަށް ކެނޑި ނެރުން ވަންނަން އުޅެނިކޮށް އަޑިއަށް ދިޔަ ދޯނީގައި ހުރި މޭވާ: ފުލުހުންނާއި އާންމުން ދަނީ އެތަކެތި ނެގުމުގެ މަސައްކަތް ކުރަމުން -- ސަންފޮޓޯ//

"ފުލުހުންނާއި އާންމުން ގުޅިގެން މިހާރު ދަނީ މުދާތައް ނަގަމުން. އާފަލު ގިނަ އަދަދަކަށް ހުރިކަން ފާހަގަކުރެވޭ.،" އެ ސަރަހައްދުގައި ހުރި 'ސަން'ގެ ނޫސްވެރިޔާ ބުންޏެވެ.

މާލޭ ދެކުރު ފަރާތު އަލަށް ކެނޑި ނެރުން ވަންނަން އުޅެނިކޮށް އަޑިއަށް ދިޔަ ދޯނީގައި ހުރި މޭވާ: ފުލުހުންނާއި އާންމުން ދަނީ އެތަކެތި ނެގުމުގެ މަސައްކަތް ކުރަމުން -- ސަންފޮޓޯ//

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދެކުނު ފަރާތު ސިނާއީ ސަރަހައްދުން ވަންނަ އުޅެނިކޮށް ދޯނި އަޑިއަށްދިޔައީ ނެރުގެ ފައިކަށީގައި ޖެހި ދޯނި ދިޔަވެގެން ކަމަށެވެ. އަދި ދޯނިގައި ހުރިހާ މުދަލެއް ވެސް އަޑިއަށް ގޮސްފައިވާ ކަމަށާއި މިހާރު އެތަކެތި ނެގުމުގެ މަސައްކަތް ފުލުހުންނާއި އާންމުން ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހައުސިންގް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މާލޭ ދެކުނު ފަރާތުގައި އަލަށް ހެދިން ނެރު އަދި އާންމުންނަށް ހުޅުވާނުލައި ކަމަށެވެ. އަދި އެ ނެރުން އާންމު އުޅަނދުތައް ވަނުން މަނާކޮށް އިއުލާނެއް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ނެރުން ވަނުމުގެ ހުއްދަ ހަމަ އެކަނި ދީފައި ވާނީ އެސްޓީއޯގެ ތެޔޮ އުފުލާ ބޯޓުތަކަށާއި ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ އުޅަނދު ތަކަށް އެކަނި ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.