15 Aug 2016, 14:38
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެމަގާމަށް ދެ ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ. އެ ފުރުސަތު ހަމަ ވިއިރު އެމަގާމަށް ދެ ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް ޖޭއެސްސީ އިން ބުނި ނަމަވެސް އެއީ ކޮން ދެބޭފުޅުންނެއްކަން ހާމައެއް ނުކުރެ އެވެ.
މާލޭ ހައިކޯޓުގައި މިހާރު ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. އެއީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރު އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.
މާލޭގެ އިތުރުން ހައިކޯޓް ދެކުނު ގޮފީގައި ވެސް ތިން ފަނޑިޔާރުން ތިއްބަވަ އެވެ.