15 Aug 2016, 11:36
ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގް މެޗު ބާސެލޯނާ އިން 2-0ގެ ނަތީޖާ އަކުން ސެވިއްޔާގެ މައްޗަށް ކުރި ހޯދައިފި އެވެ.
އަނިޔާގެ ސަބަބުން މެޗުގެ ކުރީ ކޮޅުގައި ބާސެލޯނާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ އާއި ޖެމީ މެތިއު ބަދަލުކުރަން ޖެހުނު އެމެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ދާދި އެއްވަރެއްގެ ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބް ނުކުރެވި އެވެ.
ސެވިއްޔާގެ އަމިއްލަ ދަނޑުގައި ކުޅުނު އެމެޗުގައި ބާސެލީނާއަށް ލީޑް ލިބިގެންދިޔައީ ދެވަނަ ހާފްގެ 54 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ކާމިޔާބު ކޮށްދިން ގޯލުންނެވެ. ސުއަރޭޒް އެ ގޯލު ކާމިޔާބް ކުރީ ޑެނިސް ސުއަރޭޒް ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އަރްޑާ ޓުރަން މެއިން ލުއިސް ސުއަރޭޒް އަށް ޖައްސާލުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެ ގޯލަށް ފަހު ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އިރު ދެވަނަ ގޯލު މެޗުގެ 81 ވަނަ މިނެޓްގައި މުނީރު އަލް ހަދީދީ ކާމިޔާބު ކުރީ ލިއޮނަލް މެސީ ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.
ސްޕެނިޝް ސުޕާ ކަޕަކީ ހުސްވި ސީޒަނުގެ ލީގު ޗެމްޕިއަނުންނާއި ކަޕް ޗެމްޕިއަނުންގެ މެދުގައި ކުޅޭ ދެ ލެގުގެ މެޗެކެވެ. ބާސެލޯނާ އައި ސެވިެއްޔާ ބައްދަލުކުރާ ދެވަނަ ލެގުގު މެޗު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ބާސެލޯނާގެ ކޭމްޕް ނޯ ގަ އެވެ.
ސްޕެނިޝް ސްޕާ ކަޕް 11 ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާ އަކީ އެންމެ ފަހުގެ ރަނަރަޕް އެވެ. ބާސެލޯނާ ބަލިކޮށް އެންމެ ފަހުގު ސްޕާ ކަޕް އުފުލާލީ އެތުލެޓިކް ބިލްބާއޯ އެވެ.