15 Aug 2016, 12:06
މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރަންދާ މީހުން ސައުދީއަށް ގެންދިއުމަށް މެގަ މޯލްޑިވްސްގެ ފުރަތަމަ ފްލައިޓް އަންނަ ބުރާސްފަތި ދުވަހު ފުރާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މެގަމޯލްޑިވްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހައްޖަށް މީހުން ގެންދިއުމަށް މިއަހަރު އެ އެއާލައިންގެ ހަތަރު ފްލައިޓެއް މިމަހު 18، 19 އަދި 20 ވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ ތެރެއިން އެ އެއާލައިނުގައި އުފުލަނީ ތިން ހައްޖު ގްރޫޕަކަށް ނިސްބަތްވާ 603 ހައްޖުވެރިންނެވެ. އެއީ މިނާ، ޒައީ އަދި އެކްރޯ ގްރޫޕް، ކޮންމެ ގްރޫޕަކަށް 201 ހައްޖުވެރިންނެވެ.
މެގަ މޯލްޑިވްސް އިން ހައްޖު ދަތުރުތަކަށް ހާއްސަ ފްލައިޓް ތަކުގެ ޝެޑިއުލް:
މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން އުފުލުމަށް މެގަމޯލްޑިވްސް އިން ކަނޑައަޅާފައިވާ ފްލައިޓްތަކުގެ ޝެޑިއުލް
މެގަ މޯލްޑިވްސް އިން ޖުމްލަ ހަތަރު ދަތުރެއް ކުރާއިރު، އެ އެއާލައިންގެ ފްލައިޓްތައް ދަތުރުކުރާނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ޖިއްދާ އަށެވެ.
މެގަ މޯލްޑިވްސް އިން ވަނީ ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖެއިން ގިނަ ހައްޖުވެރިންތަކެއް އުފުލާފަ އެވެ.