ދިވެހިންގެ މެދުގައި ވެސް މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ، ފިލްމު ޕްރޮޑަކްޝަނާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

ކޮމެޑީ ޝޯތައް ހުށަހަޅައިދިނުމުގެ އިތުރުން ކަޕިލް ވަނީ ފިލްމެއް ވެސް ކުޅެފަ އެވެ. އައްބާސް މަސްތާން ޑައިރެކްޓްކުރާ "ކިސް ކިސްކޯ ޕިޔާރް ކަރޭ" އިން ފިލްމީ ދާއިރާ އަށް ނުކުތުމަށް ފަހު ކަޕިލް މިހާރު ވަނީ އޭނާގެ ފުރަތަމަ ޕްރޮޑަކްޝަނަށް ވެސް ތައްޔާރުވެފަ އެވެ.

ފުރަތަމަ ޕްރޮޑަކްޝަންގައި ކެމެރާގެ ކުރިމަތިން ވެސް ކަޕިލް ފެންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ. ދެން އެ ފިލްމުގައި މުޅިން ވެސް ފެންނާނީ އާ މޫނުތަކެވެ.

އެ ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ކަލާޒް ޗެނަލް އިން ދައްކާ ކޮމެޑީ ޝޯވ، "ކޮމެޑީ ނައިޓްސް ވިތު ކަޕިލް" އަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު ޝޯ އެވެ.