ހޯމް މިނިސްޓަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަޒުލީން އަހުމަދު އައްޔަން ކުރެއްވި މައްސަލަ ދިރާސާކުރުމަށް ފަހު އޭނާ އަށް ރުހުން ދޭން ފެންނަ ކަމަށް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީން ނިންމައިފި އެވެ.

ހަތް މެމްބަރުން ހާޒިރުވި މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އަޒްލީނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ހަ މެމްބަރުން ނެވެ.

ރައީސް އަބްދުﷲ ޔާމީނު، ހޯމް މިނިސްޓަރުގެ މަގާމަށް އަޒުލީނު އައްޔަން ކުރެއްވީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަޒުލީން އެންމެ ފަހުން ހުންނެވީ ހަޔާ އެޑިއުކޭޝަންގެ އެންމެ އިސްވެރިޔާގެ ގޮތުގަ އެވެ. އަޒުލީނަކީ ތައުލީމީ ދާއިރާގައި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.