ރާއްޖެއަށް ކުޅިވަރުގެ މަޝްހޫރު ބްރޭންޑްތައް އެތެރެކޮށް މާކެޓްކުރަމުންދާ ސޮނީ ސްޕޯޓްސްގެ އޮންލައިން ވިޔަފާރި ތައާރަފްކުރުމާ ގުޅިގެން އެތަނުން ވިއްކާ ނައިކީ ބްރޭންޑްގެ މާކިއުރިއަލް ސީއާރު ސެވެން ޓާރފް ޝޫޒްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ސޮނީ ސްޕޯޓްސްގެ އޮންލައިން ސްޓޯރު ރަސްމީކޮށް ތައާރަފްކުރުމަށް މިރޭދަ ސިވިލް ކޮފީ ސޮސައިޓީގައި ބޭއްވި ހަފްލާގައި ސޮނީ ސްޕޯޓްސްގެ ޑިރެކްޓަރު މުހައްމަދު ކަލީމް ވިދާޅުވީ، ސޮނީ ސްޕޯޓްސްގެ އޮންލައިން ސްޓޯރު ރަސްމީކޮށް ތައާރަފްކުރުމުގެ އުފަލުގައި މިރޭން ފެށިގެން މިމަހުގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށެވެ.

"ސޮނީ ސްޕޯޓްސްގެ އޮންލައިން ސްޓޯރު މެދުވެރިކޮށް މާކިއުރަލް ސީއާރު7 ޓަރފް ޝޫޒް ބައްލަވައިގަންނަވާ ފަރާތްތަކަށް %25ގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް މިރެއިން ފެށިގެން ކުރިއަށް ދާނެ،" ކަލީމް ވިދާޅުވިއެވެ.

ސޮނީ ސްޕޯޓްސްގެ އޮންލައިން ޕްލެޓްފޯމް ރަސްމީކޮށް ފަށައި ފުޓްބޯލް ކަލެކްޝަން ތައާރަފްކުރުމަށް މިރޭ ދަ ސިވިލް ކޮފީ ސޮސައިޓީގައި ބޭއްވި ހަފްލާގެ ތެރޭން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސޮނީ ސްޕޯޓްސްއިން އަލަށް ތައާރަފްކުރި އޮންލައިން ސްޓޯރުން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޕްރޮޑަކްޓްތައް ހޯދައި، ލިބެންހުރި ސައިޒުތަކާއި ވައްތަރުތައް ކެޗްކޮށްލެވޭއިރު، ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.

ސޮނީސްޕޯޓްސް.އެމްވީގެ ނަމުގައި ރަސްމީކޮށް މިރޭ ޚިދުމަތްދޭން ފެށި އޮންލައިން ސްޓޯރުގެ ފުޓްބޯލް ކަލެކްޝަންގެ ފުޓްބޯޅަ ކެޓަގަރީ ތައާރަފްކޮށްދިނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ)އެވެ. އަދި ޖާޒީ ކެޓަގަރީ ތައާރަފްކޮށްދިނީ ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުޙައްމަދު (އިންމަ)އެވެ.

ސޮނީ ސްޕޯޓްސްގެ އޮންލައިން ސްޓޯރު މެދުވެރިކޮށް މާކިއުރަލް ސީއާރު7 ޓަރފް ޝޫޒް ބައްލަވައިގަންނަވާ ފަރާތްތަކަށް %25ގެ ޑިސްކައުންޓެއް ލިބޭނެ -- ފޮޓޯ: އެމޭޒަން

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބްރޭންޑް ނަމުން ނަންދީފައިވާ، ނައިކީ މާކިއުރަލް ސީއާރު7 ޓަރފް ބޫޓެއް ސޮނީ ސްޕޯޓްސްއިން ވިއްކަނީ 1390 ރުފިޔާއަށެވެ. އެތަނުން ލިބެން ހުރި ސައިޒް ތަކުގެ ތެރޭގައި 10، 6، 6.5، 7، 7.5، 8، 8.5، 9، އަދި 9.5 ހިމެނެއެވެ.

ސޮނީ ސްޕޯޓްސްގެ އޮންލައިން ސްޓޯރު މެދުވެރިކޮށް މާކިއުރަލް ސީއާރު7 ޓަރފް ޝޫޒް ބައްލަވައިގަންނަވާ ފަރާތްތަކަށް %25ގެ ޑިސްކައުންޓެއް ލިބޭނެ --

ސޮނީ ސްޕޯޓްސް އޮންލައިން ފިހާރައިގައި މިރޭ، ފުޓްބޯޅަ ބޫޓާއި ޖާޒީ ތައާރަފްކުރެވިގެން ދިޔަނަމަވެސް، އަވަސް މުސްތަގުބަލެއްގެ ތެރޭގައި އެހެނިހެން ކުޅިވަރު ސާމާނުތައްވެސް އޮންލައިންކޮށް ގަންނަން ލިބޭނޭކަމަށް ކަލީމް ވިދާޅުވިއެވެ.

ސޮނީ ސްޕޯޓްސް އިން ރާއްޖެ އެތެރެކޮށް ވިއްކާ ބްރޭންޑް ތަކުގެ ތެރޭގައި ނައިކީ، އެޑިޑާސް، ކުއިކްސިލްވަރ، ރިޕްކާރލް، ނިއު ބެލަންސް އަދި ރީބޮކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ހިމެނެއެވެ.