ގިނަ ޢަދަދެއްގެ ރަލާއި އަދި ރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާ އެކު ލ. ގަން ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހޯދައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ރޭ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެތަކެތި ހޯދާފައި ވަނީ ލ. ގަން މަތިމަރަދޫ ސިނާޢީ ސަރަޙައްދުގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.


ހައްޔަރު ކުރި މީހުންގެ ތެރެއިން ހަ މީހަކު އިއްޔެ ހަވީރު ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާ އިރު، އަނެއް ދެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.


އެ މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުޤީޤް ކުރަމުންނެވެ.